ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒަށް އެސްޓޯނިއާ އިން ހޫނު މަރުހަބާއެއް

0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ. އަދި އެޔަށްފަހު ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ.

‎މި ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް އެސްޓޯނިއާގެ އިއްޒަތްތެރިން މަރުހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ރައީސް އަލާރްއަށް ވެސް ތައާރަފުކޮށްދެއްވި އެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް މުއިއްޒު ސޮއިކުރެއްވި އެވެ.

‎ރައީސް ޑރ. މުއިއްޒު އެސްޓޯނިއާއަށް މި ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަ ސެކިއުރިޓީ، އީ-ގަވާނަންސް، މޫސުމީ ބަދަލުތަކާއި ތައުލީމީ ދާއިރާއިން ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910