ޑރ. މުހައްމަދު މުއިއްޒު

ދުންފަތުގެ ވިޔަފާރި ދޫކޮށްލަން ރައީސް އެދިވަޑައިގަންނަވައިފި

0%
0%
0%

ދުންފަތުގެ ވިޔަފާރިކުރާ މީހުން އެ ވިޔަފާރި ދޫކޮށްލައި އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިކަމަށް އެދިވަޑައިގަތީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަން ފަށާފައިވާ ޕޮޑްކާސްޓްގެ ދެވަނަ ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ސިނގިރޭޓު ބުއިމާއި އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބާރު އެޅުއްވި އެވެ.

ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑު ކުރުމުގެ މައިގަނޑު މަފްހޫމަކީ އެކަމުން ރައްޔިތުން ސަލާމަތް ކުރުން ކަމަށާއި އެކަމަކީ ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެން އެކަން ކޮށްފިނަމަ އެއީ ސިނގިރޭޓު އެތެރެކުރާ މީހުންނަށް އެއިން ބޮޑުވާބައި ހަމަޖައްސައިގެން، ވިއްކަމުންދާން ލިބޭނެ ފުރުސަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

މިއާއެކު ރައީސް ވަނީ ސިނގިރޭޓު އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލަން އެދިވަޑައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910