ޑރ. މުހައްމަދު މުއިއްޒު

ބިން ހެލުމާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

0%
0%
0%

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި ތައިލެންޑާއި އަދި އެ ސަރަހައްދުގެ އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާތީ ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ، އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުންލިބުނު މީހުންނަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފަ އެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮހާލުގައި ތިއްބާ ފެނުމަށާއި، ޒަހަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނޭކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

މިޔަންމާއަށް ރިކްޓާ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިން ހެލުމުގެ އަސަރު އެ ގައުމުގެ ވަށައިގެންވާ ބައެއް ގައުމުތަކަށްވެސްވަނީކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910