ޑރ. މުހައްމަދު މުއިއްޒު

މޭވާއާއި ތަރުކާރީގެ އަގުތައް ކޮންޓްރޯލްކުރަން ފިޔަވަޅުތަކެއް އަޅަނީ

0%
0%
0%

މޭވާ އާއި ތަރުކާރީގެ އަގުތައް އަތްފޯރާފަށަށް ގެނައުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އިންތިޒާމު ކޮށްގެން "ރައްޔިތުންނާ އެކު" މި ނަމުގައި ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވައިގެން އެ މަގަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެ އަމާޒަށް ވާސިލުވުމުގެ ތެރެއިން، ބޭރުން ރާއްޖެއަށް ގެންނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނެ. އެއާއެކު އެ ތަކެތީގެ އަގު ހެޔޮވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިފަދަ ތަކެތި އިމްޕޯޓްކުރާ މައި ކުންފުނި -- އެސްޓީއޯ އިން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ފިޔަވަޅުތަކެއް އަޅައިގެންވެސް މޭވާ އާއި ތަރުކާރީގެ އަގު ހެޔޮކުރެވިދާނޭ ކަމަށެވެ.

"މިކަމުގެ އިންތިޒާމުތައް ކުރެވެމުންދާ ވަރަކުން، މި މަސައްކަތްތަކުގެ ތަފްސީލްތައްވެސް ހާމަކުރަމުންދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރަން އުތުރުތިލަފަޅުގައި ހާއްސަ މަޝްރޫއެއް ފަށަން އިއުލާންކޮށްފައިވެ އެވެ. އެކަމަކު އެ މަޝްރޫއު މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަސްމާލޭގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910