ރައީސް އޮފީސް

ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކުގެ އިންވެސްޓްމަންޓް އަގު ބޮޑުކޮށްފި

ތިލަފުށީގައި ކުރިއަށްދާ މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލައްވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ގައުމީ ސަލަމާތާ ގުޅޭ މަޝްރޫއުތަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭ ގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުތައް ހިންގުމާއި ގުޅޭ އުސޫލުގައިވާ އަގަށް ބަދަލު ގެނެސްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިއްމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް ގެނައި އިސްލާހު ގައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގެޒެޓް ކުރި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންދަން ރާވާފަ އެވެ. އަދި ކްރޮސް ސަބްސިޑީ އުސޫލުން އެ މަޝްރޫއުތަކަށް އިސްވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޭރު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން އެ މަޝްރޫއުތަކަށް މަދުވެގެން 15 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭ ކަމަށް އޭރު އެ ގަރާރުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. ނަމަވެސް އެ ގަރާރަށް އިސްލާހު ގެންނަވައި ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް މިއަދު ބޮޑުކުރެއްވި ވަކި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910