ފޮރިން މިނިސްޓްރީ

ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ހޯދަން އެއްބަސްވުމަކަށް

0%
0%
0%

މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މައުލޫމާތު ބަދަލުކުރުމަށް އެސްޓޯނިއާއެކު ދިވެހި ސަރޔކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. އެސްޓޯނިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑަ އެވެ.

ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް ގާއިމުކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމާއި އެހީތެރިކަން ފޯރުކޮށްދީ އަދި ދެ ގައުމުގެ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިފަދަ އެއްބަސްވުމެއް ހެދުމުގެ ބޭނުމަކީ ތިމާވެށީގެ މައްސަލަތަކަށް ހައްލުތަކެއް ހޯދައި އިއާދަކުރަނިވި ހަކަތައިހެ ދާއިރާ ރާއްޖޭގައި ހަރުދަނާ ކުރުން ކަމަށެވެ.

ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުވެސް އިއްޔެ ވަނީ އެ ގައުމުގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑައާ ބައްދަލުކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910