މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

އޮޕަރޭޝަން ކުރަނގީގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި މި ހަރަކާތް މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ކުރިއަށްދާނެ އެވެ.

މި ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ. މި އޮޕަރޭޝަންގައި 75 އޮފިޝަލުން ބައިވެރިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިއަދުގެ އޮޕަރޭޝަންގައި ބައެއް ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރާނެ އެވެ.

"އޮޕަރޭޝަން ކުރަނގީ" ގައި މިހާތަނަށް 18،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވެ އެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމެވެ.