މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

އޮޕަރޭޝަން ކުރަނގި: މާލެ ސަރަހައްދުން 1،455 ބިދޭސީންގެ މައުލޫމާތު ނަގައިފި

އޮޕަރޭޝަން ކުރަނގީގައި ބިދޭސީންގެ މައުލޫމާތު އެއްކުރަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
0%
0%
0%

މާލެ ސަރަހައްދުގައި އިއްޔެ ކުރިއަށް ގެންދިޔަ ކުރަނގި އޮޕަރޭޝަންގައި 1،455 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކޮށްފި އެވެ.

ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ބުނީ އިއްޔެ ހެނދުނު 9:15 އިން އިރުއޮއްސި 6:00 އަށް ގްރޭޓާ މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ "ކުރަނގި" އޮޕްރޭޝަންގައި 1455 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ.

މި ހަރަކާތުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބައެއް ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.

އެ ގޮތުން މާލެ ސަރަހައްދުގައި ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 697 ބިދޭސީންނާއި ގުޅީފަޅުގައި ތިލަމާލެ ބްރިޖު ސައިޓުން އެފްކޮންސްގެ 758 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފައިވެ އެވެ. މައުލޫމާތު އެއްކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ދެނެގަނެވިފައިނުވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި އިއްޔެ ހިންގި އޮޕަރޭޝަނާއެކު މިހާތަނަށް ޖުމްލަ 25،483 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.

ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެ މިނިސްޓްރީގެ 75 އޮފިޝަލުން ހަރަކާތްތެރިވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910