ދުނިޔެ

އަންރާގެ މުވައްޒަފުން ޖެނުއަރީ 30ގެ ކުރިން ފައިބަން އަންގައިފި

ޔޫއެން އެޖެންސީ ފޮ ޕަލެސްޓީނިއަން ރެފިއުޖީޒް (އަންރާ) -- ހާލުގައި ޖެހިފައި ތިބި އާންމު ރައްޔިތުންނަށް އަންރާއިން އެހީ ބަހަނީ
0%
0%
0%

ފަލަސްތީންގެ ރެފިއުޖީންނަށް އެހީދިނުމަށް އދ އިން އުފައްދައި ހިންގަމުން އަންނަ އަންރާ އެޖެންސީގެ ހުރިހާ ހަރަކާތެއް ހުއްޓާލައި އިރުމަތީ ގުދުސްގައި ހުރި އޮފީސްތައް ބަންދުކުރަން އިޒުރޭލުން އަންގައިފި އެވެ.

އިޒުރޭލުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނީ ޑެނަންގެ ފަރާތުން މިކަން އަންރާއަށް އަންގައި އިރުމަތީ ގުދުސްގެ އޮފީސްތަކުގައި ތިބި ހުރިހާ މުވައްޒަފުން ޖެނުރައީ 30ގެ ކުރިން ބޭލުމަށް ވެސް ވަނީ އަންގާފަ އެވެ.

އިޒުރޭލުން ގަބޫލުކުރާ ގޮތުގައި އަންރާގެ މުވައްޒަފުންނާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ގާތް ގުޅުންތަކެއް އޮވެ އެވެ. އަދި އަންރާގެ އޮފީސްތަކުގައި ހަމާސްގެ ސިއްރުތައް ރައްކާކުރެ އެވެ.

އަންރާގެ ބައެއް މުވައްޒަފުން ހަމާސްގެ ހަނގުރާމަވެރިންނާ ގުޅިގެން އިޒުރޭލަށް ހަމަލާދިނުމުގައި ބައިވެރިވެފައިވާ ކަމަށް ވެސް އިޒުރޭލުން ތުހުމަތުކުރެ އެވެ.

އަންރާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމާއަތުން އިސްނަގައިގެން ފަލަސްތީންގައި އެއްވެސް ހަރަކާތެއް ހިންގުން މަނާކުރުމަށް އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުން ތިން ބިލެއް ވެސް ވަނީ މިދިޔަ އަހަރު އޮކްޓޯބަރުގައި ފާސްކޮށްފަ އެވެ.

މި ތިން ބިލުގެ ތެރެއިން ފުރަތަމަ ބިލުގައި ބުނެފައި ވަނީ އިޒުރޭލުގެ ބާރު އޮންނަ އެއްވެސް ސަހަރައްދެއްގައި -- ޔޫއެން އެޖެންސީ ފޮ ޕަލެސްޓީނިއަން ރެފިއުޖީޒް (އަންރާ) އަށް އެއްވެސް ހަރަކާތެއް ހިންގައި ހިދުމަތެއް ނުދެވޭނެ ކަމަށެވެ.

ދެވަނަ ބިލުގައި ބުނަނީ އަންރާގެ މެމްބަރުންނަށް އދއިން ދީފައި ހުރި ބާރުތައް ހަނިކޮށް، އިޒުރޭލަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ބައެއް މެމްބަރުން ރަށުން ބޭލޭނެ ކަމަށެވެ. އަދި އަންރާގެ މެމްބަރެއްގެ ގޮތުގައި އެއްވެސް މީހަކަށް އިޒުރޭލުގެ އެއްވެސް ހިސާބެއްގައި ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ.

ތިންވަނަ ބިލުގައި އޮންނަނީ އަންރާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގާނޫންހަދާ މަޖިލީހުން ނިންމަން ޖެހޭނެ ކަމަށެވެ. އަދި އިޒުރޭލުން އެ ޖަމާއަތާ ގުޅުން ކަނޑާލަން ޖެހޭ ސަބަބަކީ އެއީ ޓެރަރިސްޓް ޖަމާއަތަކަށް ވާތީ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގާނޫނެއް އުފައްދައިގެން ނަމަވެސް އިޒުރޭލުން ބޭނުންވަނީ އަންރާ މުޅިން ބަންދުކުރާށެވެ. ސަބަބަކީ މިއީ އދގެ އޮނިގަނޑުގެ ތެރެއިން ފަލަސްތީނަށް އެހީތެރިކަށް ފޯރުކޮށްދޭ ހަމައެކަނި އެޖެންސީއަށް ވުމެވެ.

އދއިން ރެފިއުޖީންނަށް އެހީދިނުމަށްޓަކައި އަންރާ އުފެއްދީ 1949 ގައެވެ. އަންރާއިން އެހީވުމަށް މައިގަނޑު ފަަސް ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ. އެއީ ސީރިއާ، އުރުދުން، ލުބްނާން ހުޅަނގެ އައްސޭރި އަދި ޣައްޒާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910