ސިނަ މާލެ ބްރިޖް

ބްރިޖް މަސައްކަތުގައި އުޅުނު ޗައިނާ މީހަކު ވެއްޓި ޒަހަމްވެއްޖެ

ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޗް މަސައްކަތްކުރާ ސަރަހައްދުން މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ. ވެއްޓިފައި ވަނީ ބްރިޖް މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީގެ މީހެކެވެ. މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ.

ފުލުހުން ބުނީ އެމީހާ ވެއްޓި އަނިޔާވި ހަބަރު ރިޕޯޓްކޮށްފައި ވަނީ ހެނދުނު 9:00 ޖެހި އިރު ކަމަށާއި އެ މީހާ ވެއްޓުނު ގޮތާއި ލިބުނު އަނިޔާތައް ވެސް އަދި ސާފު ނުވާ ކަމަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ ބްރިޖް މަސައްކަތް ކުރާ ސަރަހައްދުން ވެއްޓުނު މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހާގެ ހާލާބެހޭ ގޮތުން އަދި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. އެމީހާއާބެހޭ އިތުރު މައުލޫމާތު ހޮސްޕިޓަލުން ވެސް ސާފުކޮށްދީފައެއް ނުވެއެވެ.

ބްރިޖް މަސައްކަތް ކުރާ ސައިޓްގަ އާއި އެ ސަރަހައްދުގެ ކަނޑުމަތީގައި ނުރައްކާތެރި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ މަސައްކަތުގައި ޗައިނާގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެ އެވެ.