އައްޑޫ ސިޓީ

ހަންކެޑެ ބްރިޖް ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަނީ

ހަންކެޑެ ބްރިޖު
0%
0%
0%

އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.

ހަންކެޑެ ބްރިޖު ހުޅުވާލާނެ ތާރީހެއް ދީފައި މިވަނީ އެ ބްރިޖު ނިންމިތާ ދުވަސްކޮޅެއް ވެގެން ދިޔައިރުވެސް އެތަން ހުޅުވާފައި ނުވާތީ ބައެއް މީހުން ސޯޝަލްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއަދު ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހަންކެޑެ ޑީޓުއާ ލިންކް ރޯޑު އަންނަ ހޮނިހިރު ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަދާފައިވާ ބްރިޖެކެވެ.

އެމްޑީޕީގެ ސަރުކާރުން އައްޑޫގެ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް ހަދަން ފެށި ބްރިޖު މަސައްކަތް ނިމުނުއިރުވެސް އެތަން ނުހުޅުވާތީ އައްޑޫގެ މޭޔަރު އަލީ ނިޒާރުވެސް މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ހަންކެޑެ ބްރިޖު ހުޅުވާނެ އާ ތާރީހެއް ދީފައި މިވަނީ މިދިޔަ ޖުލައި މަހު އެ ބްރިޖް އާންމުކޮށް ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނި ތާރީހް ފަހަނައަޅައި އެތައް މަހެއް ދިޔަ ފަހުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910