އެމްއެމްއޭ

ޑިސެމްބަރު ނިމުނުއިރު ރިޒާވް އިތުރުވެއްޖެ

މަރުކަޒީ ބޭންކް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ރާއްޖޭގެ ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 673.2 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ހުރީ 616.2 މިލިއަން ޑޮލަރެވެ. އެހެންކަމުން ނޮވެމްބަރު މަހާއި އަޅާބަލާއިރު ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވް ވަނީ 57 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ޔޫޒަބަލް ރިޒާވްގެ އަދަދު މީގެ ކުރިން ކަނޑައަޅަނީ ރަސްމީ ރިޒާވުން ޕްރީ-ޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް އުނިކޮށްގެންނެވެ. ނަމަވެސް މިހާރު ޔޫޒަބަލް ރިޒާވް ކަނޑައަޅަަނީ ރަސްމީ ރިޒާވްއަށް ފޮރިން ކަރެންސީ އެސެޓްސް އެއްކުރުމަށްފަހު ޕްރީ-ޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް އުނިކޮށްގެންނެވެ.

ރަސްމީ ރިޒާވްގައި ހުރި 673.2 މިލިއަން ޑޮލަރާޢި ފޮރިން ކަރެންސީ އެސެޓްސްގެ ގޮތުގައި ޑިސެމްބަރު މަހު ހުރި 148.2 މިލިއަން ޑޮލަރު އެއްކުރުމަށްފަހު ޕްރީ-ޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް އުނިކުރުމުން ޔޫޒަބަލް ރިޒާވްގައި ޑިސެމްބަރު ނިމުނުއިރު ހުރީ 63.2 މިލިއަން ޑޮލަރެވެ.

މި އަހަރު މިދިޔަ އަހަރުގެ ނޮވެމްބަރު ނިމުނުއިރު ހުރީ 45.8 މިލިއަން ޑޮލަރުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345