ހަބަރު

ވިލިމާލެއިން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް

އިއްޔެ ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަނުގައި ވިލިމާލޭގެ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ހައްޔަރުކުރި ހަތަރު މީހުން ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ. އެމީހުން ބަންދަށް ފަސް ދުވަސް ޖެހީ އިއްޔެ ކްރިމިނަލް ކޯޓުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ، އިއްޔެ ވިލިމާލެއިން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ޖަހާފައިވާ ކަމަށާއި މާލެއިން ހައްޔަރުކުރި ހަތް މީހުންގެ ހަ މީހުން ދޫކޮށްލައި، އެކަކު ބަންދުގައި ބަހައްޓާފައިވާ ކަމަށެވެ. އެމީހާގެ ބަންދަށް އަދި މުއްދަތު ޖަހާފައެއް ނުވެ އެވެ.

މ. ޖޭޑް އާއި ވިލިމާލޭގެ ގެއަކަށް އިއްޔެ ފުލުހުން ވަން އިރު ފޮރެންސިކް ފުލުހުންނާއި އެސްއޯ ފުލުހުން ވެސް ހިނެމެ އެވެ. މާލެއިން ވަން ޖޭޑަކީ މާލޭގައި މީގެ ތިން ދުވަސް ކުރިން ހިނގި ހަމަނުޖެހުމުގެ ތެރޭގައި ވެސް ފުލުހުން ވަން ގެއެއް ކަމަށް ވެއެވެ.