އެމެރިކާގެ ނިއުޔޯކްގައި ދައުލަތުގެ އިލެކްޓްރޯނިކް އާލާތްތަކުން ޗައިނާގެ ޑީޕްސީކް އެޕްލިކޭޝަން ބޭނުންކުރުން މަނާކޮށްފި އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ޗައިނާގެ ބަހައްޓާފައި ހުންނަ ޑީޕްސީކް ސާވާތަކަށް އިތުބާރުނެތުން ކަމަމަށެވެ.
ޗައިނާގައި ސާވާތައް ބަހައްޓާފައި ހުރުމުގެ މާނަ އަކީ ޗައިނާ ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ސާވާތަކަށް ވަދެ ފަރުދުންގެ މައުލޫމާތު ހޯދައި ބެލޭނެ ކަމަށްވެސް ނިއުޔޯކް ސްޓޭޓްގެ ސައިބާސެކިޔުރިޓީއާ ބެހޭ މާހިރުން ބުންޏެވެ.
ދައުލަތުގެ އެއްވެސް ޑިވައިސެއްގައި ޑީޕްސީކް ބޭނުންކުރާ ނަމަ، ހަފުތާ ބަންދުގައި ފޮހެލައި އާލާތްތައް ސާފުކުރން ގަވަރުނަރު ގަންގަވާ ކަމަށްވެސް ސައިބާސެކިޔުރިޓީ ބަޔާނުގައި ބުނެފައިވެ އެވެ.
ނިއުޔޯކްގައި ދައުލަތުން ޚިދުމަތް ފޯޜުކޮށްދޭ އެއްވެސް ނެޓްވޯކެއްގައި ވެސް ޑީޕްސީކް ބޭނުންނުކުރެވޭނެ ކަމަށް ގަވަރުނަރު ވަނީ ވިދާޅުފެފަ އެވެ.
ގަަވަރުނަރުގެ މި ވިދާޅުވުމާ ގުޅިގެން ނިއުޔޯކްގައި ސައިބާސެކިޔުރިޓީ އޮފިސަރުން ޑީޕްސީކަށް ފާރަލާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.