ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް -- ޑީޕްސީކަށް މިދާކަށް ދުވަހު ލިބުނު ކުއްލި މަޝްހޫރުކަމުގެ ކުރިންވެސް، އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަަނުގައި ބޭނުންކުރި ކަމަށް އެމެރިކާގެ އޮންލައިން ނޫސް ބްލޫމްބާގުން ބުނެފި އެވެ.
ޑީޕްސީކް އަކީ ޗެޓްޖީޕީޓީ ކަހަލަ ޗެޓްބޮޓެކެވެ. ވާދަވެރިންނާ ޚިލާފަށް ޗައިނާއިން މި ޚިދުމަތްދެނީ މާލީ މަންފާއެއް ނެތި މުޅިން ހިލެ އެވެ. އެމެރިކާގައި ތިބި ޗައިނާގެ ވާދަވެރިން ރުޅިގަދަވެގެން އުޅެނީ މި ސަބަބާ ހެދި އެވެ.
ބްލޫމްބާގުން ބުނާ ގޮތުން ޕެންޓަގަނުން މިހާތަނަށް ބޭނުންކުރީ ޑީޕްސީކްގެ މުސްކުޅި އަދަދެކެވެ. ޑީޕްސީކުން ބާރުގަދަ އަދަދެއް ޑައުންލޯޑަށް ދޫކޮށްލުމާ އެކު ޕެންޓަނުން ވެސް ވަނީ އެ އަދަދު ބޭނުންކުރަން ފަށާފައި ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެ އެވެ.
ޑީޕްސީކް ބޭނުނުންކުރުމާ މެދު ޕެންޓަގަންގެ ތެރޭގައި ޚިލާފު އޮތް ކަމަށް ބްލޫމްބާގުން ބުނެ އެވެ. އެއީ ޕެންގަން މެދުވެރިކޮށް އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ޗައިނާއިން ކޮށްފާނެތީ ކަމަށްވެސް ނޫހުގައި ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕެންޓަގަންގައި ވަކި ފެންވަރެއްގެ މީހުން މިހާރު ވެސް ޑީޕްސީކް ބޭނުންކުރެ އެވެ. އެކަމަކު އާދައިގެ މީހުންނަށް ޑީޕްސީކް ދޫކުރަނީ ބައެއް ބައިތައް ބްލޮކްކޮށްފައި ކަމަށްވެސް ބްލޫމްބާގުން ބުންޏެވެ.
ބްލޫމްބާގުން ބުނާ ގޮތުން ޑީޕްސީކްގެ އެންމެ ފަހުގެ އަދަދުތައް ޕެންޓަގަނުން ބްލޮކްކުރި ނަމަވެސް، ޕެންޓަގަންގައި މަސަައްކަތްކުރާ ގިނަ މީހުން ޑީޕްސީކް ބޭނުންކުރެ އެވެ. މި މީހުން ޑީޕްސީކް ބޭނުންކުރަނީ ޕެންޓަގަަންގެ އައިޓީ ޓީމަށް އޮޅުވާލައިގެން ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެއް ވެބްސައިޓަކުން އާޓިފިޝަލް ޗެޓްބޮޓްތައް ބޭނުންކުރެވޭ ވެބްސައިޓްތައް ބޭނުންކޮށްގެން ޕެންޓަގަންގެ މުވައްޒަފުން ޑީޕްސީކް ބޭނުންކުރާ ކަމަށްވެ އެވެ.
ޑީޕްސީކާ މެދު ޕެންޓަގަނުން އެންމެ ބޮޑަށް ޖެހިލުން ވަނީ މި ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ޗައިނާ ސާވާގައި ރައްކާކުރާތީ އެވެ.
ޑީޕްސީކްގެ އެއްބަސްވުމުގައި މި ވާހަކަ ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފަ އެވެ.
ޗައިނާއިން ޖާސޫސްކޮށްފާނެ ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް ޑީޕްސީކް ވަނީ މަނާކޮށްފަަ އެވެ. އެކަމަވެސް، އެހެން އުކުޅުތައް ބޭނުންކޮށްގެން ޑީޕްސީކް ބޭނުންުރާ އަދަދު ވަަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.