އެސްއީޒެޑް

އެސްއީޒެޑް އޮފީސް މިނިސްޓްރީ ދަށަށް ބަދަލުކޮށް، އިމިގްރޭޝަންގެ ނަން ބަދަލުކުރަން ފާސްކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އޮފީސް މިނިސްޓްރީ ދަށަށް ބަދަލުކޮށް، އިމިގްރޭޝަންގެ ނަން ބަދަލުކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

އެސްއީޒެޑް އޮފީސް މިނިސްޓްރީ ދަށަށް ބަދަލުކޮށް، އިމިގްރޭޝަންގެ ނަން ބަދަލުކުރަން ފާސްކުރީ ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މިމައްސަލައާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި ރައްޔތިުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮނުވި ސިޓީ ފުޅުގައި ބުނެފައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގައި ގޮތައް ހަމޖެއްސުމަށާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން އަށް ބަދަލު ކުރުމަށެވެ. އަދި އެ ސިޓީގައި އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކަށް އައި ބަދަލުތަކުގެ ލިސްޓުވެސް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވެއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ރައީސް ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި އިދާރާއެއް އުފެއްދަވާފަ އެވެ. އެއިދާރާގެ އުފެއްދީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށެވެ.