ޗެމްޕިއަންސް ލީގް

ސެލްޓިކް އަތުން ބަޔާންއަށް އުނދަގޫ މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ޕްލޭއޮފްގައި ބަޔާން މިޔުނިކް އަދި ސެލްޓިކް ކުޅުނު މެޗުގެ ތެރެއިން
0%
0%
0%

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ސެލްޓިކާ ދެކޮޅަށް ބަޔާން މިޔުނިކުން 2-1 އިން މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބަޔާންގެ ފުރަތަމަ ގޯލު ޖަހައިދިނީ މައިކަލް އޮލީސޭ އެވެ. އަރިމަތިން ލިބުނު ބޯޅައަކާއެކު އޭރިއާ ތެރެއަށް ވަދެ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޮލީސޭ މި ގޯލު ޖެހި އެވެ.

އޭގެކުރިން ފުރަތަމަ ހާފުގައި ބަޔާންގެ ސްޓްރައިކަރު ހެރީ ކޭންއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ދެ ބޯޅަ ސެލްޓިކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ހުއްޓުވާފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ކޯނަރަކުން ބަޔާންގެ ދެވަނަ ގޯލު ޖެހި އެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރާއެކު ބޯޅަ ގޯލަށް ވައްދާލީ ހެރީ ކޭން އެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ޑައިޒެން މައީޑާގެ ގޯލުން ސެލްޓިކުން ފަރަގު ކުޑަކުރި ނަމަވެސް އިތުރު ގޯލެއް ޖަހާނެ ފުރުސަތެއް އެ ޓީމަކަށް ނުލިބުނެވެ.

ނޮކްއައުޓް ޕްލޭއޮފްގައި ރޭ ކުޅުނު އެހެން މެޗުތަކުގައި، އޭސީ މިލާން ވަނީ ރަށުން ބޭރުގައި ފޭނޫޑް އަތުން 1-0 އިން ބަލިވެފަ އެވެ. ފޯރިގަދަ މި މެޗުގައި ފޭނޫޑުގެ ހަމައެކަނި ގޯލު ޖަހައިދިނީ އިގޯ ޕައިކްޒާއޯ އެވެ. ދިހަ ކުޅުންތެރިންނާއެކު މެޗު ނިންމާލި މޮނާކޯ އަތުން ބެންފީކާ ވަނީ 1-0 އިން ބަލިވެފަ އެވެ. އަދި ކްލަބް ބްރޫޖް އަތުން އެޓްލާންޓާ ވަނީ 2-1 އިން ބަލިވެފަ އެވެ.

މި މެޗުތަކުގެ ދެވަނަ ލެގު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910