ޗެމްޕިއަންސް ލީގް

ފޯރިގަދަ ކުޅުމަކަށްފަހު އިންޓަ މިލާނުން ބަޔާން މިއުނިކް ބަލިކޮށްފި

0%
0%
0%

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެލިއަންޒް އެރީނާގައި ކުޅެވުނު މެޗެއްގައި އިންޓަ މިލާނުން ބަޔަން މިއުނިކް 2-1 އިން ބަލިކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ ތަޖުރިބާކާރު ސްޓްރައިކަރު ލައުޓާރޯ މާޓިނޭޒް އޭނާގެ ބާރު ދުވެލީގެ ފައިދާ ނަގައިގެން އިންޓަ މިލާނަށް ލީޑު ހޯދައިދިނެވެ. މި ލަނޑު ޖެހުމުގެ ކުރިން ބަޔާންގެ އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް މުހިއްމު ސްކޯރިން ފުރުސަތެއް ގެއްލިފައިވެ އެވެ.

ބަޔާންގެ ލެޖެންޑް ތޯމަސް މުލާ 74 ވަނަ މިނެޓުގައި ކުޅެން ނެރުމަށްފަހު 85 ވަނަ މިނެޓުގައި އޭނާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މިއީ މި ސީޒަނަށްފަހު ބަޔާން މިއުނިކް ދޫކޮށްލުމަށް ނިންމާފައިވާ މުލާގެ މުހިއްމު ލަނޑެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުލާ، މެންޗެސްޓާ ޔުނައިޓެޑް ނުވަތަ އެމްއެލްއެސްއަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

މެޗުގެ ފަހު މިނެޓުތަކުގައި، 88 ވަނަ މިނެޓުގައި އިންޓަ މިލާނުގެ ޑޭވިޑް ފްރެޓެސީ ވަނީ އެ ޓީމަށް މެޗު ކާމިޔާބު ކޮށްދިނުމަށް ބޭނުންވި ލަނޑު ޖަހާފަ އެވެ.

މި ބަލިވުމަކީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ޗެމްޕިއަންސް ލީގުގައި ބަޔާންގެ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗުވެސް މެއެވެ.

މި ދެ ޓީމު ދެވަނަ ލެގުގައި ބައްދަލުކުރާނީ އިޓަލީގައި ކަމަށްވާއިރު، ބަޔާން މިއުނިކަށް ދެން މި ޓައި އަނބުރާ އަތުލުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910