ބާސެލޯނާގެ އިތުރުން ޕީއެސްޖީ، ބަޔާން މިއުނިކް އަދި އިންޓަ މިލާން ވެސް ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ކާމިޔާބު ހޯދައި، ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ޕީއެސްޖީން ވަނީ ލިވަޕޫލްއާ ދެކޮޅަށް ފާހަގަކޮށްލެވޭ ނަތީޖާއެއް ނެރެފަ އެވެ. ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެފައިވާ ޕީއެސްޖީން، އެންފީލްޑަށް ދަތުރުކޮށް، އޮސްމާން ޑެމްބެލޭގެ ގޯލަކުން 1-0 އިން މެޗު ކާމިޔާބު ކުރި އެވެ. ލިވަޕޫލްއިން މެޗު ފެށިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މުހައްމަދު ސަލާހަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.
ބަޔާން މިއުނިކް އިން ވާދަވެރި ބަޔަ ލެވަކޫސަން 2-0 އިން ބަލިކޮށް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރިއިރު ލަނޑުތައް ޖެހީ ދެވަނަ ހާފުގައި ހެރީ ކޭން އާއި އަލްފަންސޯ ޑޭވިސް އެވެ.
އިންޓަ މިލާން ކުއާޓާ ފައިނަލަށް ދަތުރުކުރީ ފެޔަނޫޑް 2-1 އިން ބަލިކޮށްފަ އެވެ. މާކަސް ތުރާމް އިން އިންޓަގެ ފުރަތަމަ ގޯލު ޖެހުމަށްފަހު، ހަކަން ޗަލްހަނޮނޯލޫ ވަނީ ޕެނަލްޓީއަކުން އިންޓަގެ ދެވަނަ ގޯލު ޖަހާފަ އެވެ. ފެޔަނޫޑްގެ ހަމައެކަނި ގޯލު ޖެހީ ޔަކޫބް މޯޑާ ޕެނަލްޓީ އަކުންނެވެ، ނަމަވެސް އެ ގޯލުން ނަތީޖާ ބަދަލެއް ނުކުރެވުނެވެ.