ރައީސް މުހައްމަދު ނަޝީދު

ވައި ތަޣައްޔަރުވެފައިވާތީ ފަތުރުވެރިކަމަށް އަސަރުކޮށްފާނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަަސް
0%
0%
0%

ރާއްޖޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާތީ އެކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައިވެސް ހުންނެވި ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާތީ އެކަމުގެ ގެއްލުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފާނެ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވައި ނުސާފުވެ ތަޣައްޔަރުވަނީ ކޮންމެ އަހަރަކު ވެސް މިދުވަސްވަރު ކަމަށެވެ.

"މިކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މާލެ ސަރަަހައްދުގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 55 ގައެވެ.

ރާއްޖޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910