މިފްކޯ

މިފްކޯގެ ތިން ޖެނަރަލް މެނޭޖަރުން ވަޒީފާއިން ވަކިކޮށްފި

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އެ ކުންފުނީގެ ތިން ޖެނަރަލް މެނޭޖަރުން މަގާމުން ވަކިކޮށްފި އެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ތިން ބޭފުޅުން މަގާމުން ވަކިކުރީ އެ ކުންފުނީގެ މެނޭޖުމެންޓުން ހެދި ޕާފޯމަންސް ރިވިއުއަކަށް ފަހު އެވެ.

ބަޔާނުގައި ބުނެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ވަގުތީ އަދި ދާއިމީ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ވަނީ އެ ކުންފުންޏަށް ބޮޑު މުސާރައާއި އެކު ބޭރުގެ ސީއީއޯއެއް އައްޔަންކޮށްފަ އެވެ.