ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު ހަތް ޕަސެންޓް އިތުރުވެއްޖެ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 358،999 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 335،467 ފަތުރުވެރިންނަށްވުރެ 23،532 ފަތުރުވެރިން -- ހަތް ޕަސެންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 54،438 ފަތުރުވެރިން
  • ރަޝިއާ - 35،391 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 34،817 ފަތުރުވެރިން
  • އިޓަލީ - 32،474 ފަތުރުވެރިން
  • ޖަރުމަނު - 21،466 ފަތުރުވެރިން
  • އިންޑިއާ - 16،727 ފަތުރުވެރިން
  • ފްރާންސް - 14،414 ފަތުރުވެރިން
  • އެމެރިކާ - 11،067 ފަތުރުވެރިން
  • ޕޮލެންޑް - 8،188 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 7،225 ފަތުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69 ޕަސެންޓް -- 247،548 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.9 ޕަސެންޓް -- 92،868 ފަތުރުވެރިންނެވެ.

މީގެ އިތުރުން ހޮޓާތަކުގައި 9،663 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 8،664 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި 796 ގެސްޓްހައުސް އާއި 155 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345