އެމްއެމްއޭ

ޑޮލަރު ވިއްކުމުގެ ލައިސަންސް ހޯދަން 98 ފަރާތަކުން ހުށަހަޅައިފި

0%
0%
0%

ޑޮލަރު ވިއްކުމުގެ ލައިސަންސް ހޯދުމަށް އެދި 98 ފަރާތަކުން ހުށަހަޅާފައިވާ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ ޑޮލަރު ވިއްކުމުގެ ލައިސަންސް ހޯދުމަށް އެދި 98 ފަރާތަކުން ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކަށް ލައިސަންސް ދޫނުކުރާ ކަމަށެވެ.

ލައިސަންސް ދޫކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ފުރިހަމަކުރުމަށް ވަގުތު ހޭދަވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ޕްރޮސެސް ނިންމާލެވޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އެމްއެމްއޭ އިން މީގެ ކުރިން ވަނީ 212 ވިޔަފާރިއަކަށް މަނީ ޗޭންޖް ވިޔަފާރީގެ ހުއްދަދީފަ އެވެ.

ނަމަވެސް، އަލަށް އަމަލުކުރަން ފެށި މަނީ ޗޭންޖިން ވިޔަފާރީގެ ގަވާއިދުގެ ދަށުން މުއްދަތު ހަމަވި ލައިސަންސަށް އެދި ހުށަނާޅާތީ ކުރިން ދީފައި ހުރި 163 ލައިސަންސެއް ބާތިލުކުރި އެވެ.

ފައިސާ މާރުކުރުމުގެ ވިޔަފާރީގެ ލައިސަންސް ދޫކުރަނީ ދެ ޓިއައެއްގެ ދަށުންނެވެ. އެ ގޮތުން ޓިއަ 1 ގައި އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރީގެ ލައިސަންސެވެ. ޓިއަ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345