ދިރާގު

ދިރާގުން އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް 25ގެ މޮޑެލްތައް ރާއްޖޭގައި ލޯންޗުކޮށްފި

ސެމްސަންގް ގެލެކްސީ އެސް25 ފޯނު ރާއްޖޭގައި ލޯންޗްކުރުމަށް ދިރާގުން ބޭއްވި އިވެންޓް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ދިރާގުން ސެމްސަންގް ގެލެކްސީ އެސް25، އެސް25 ޕްލަސް އަދި އެސް25 އަލްޓްރާ ދިވެހިރާއްޖޭގައި ލޯންޗުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި މި ހާއްސަ ލޯންޗު އިވެންޓްގައި ސެމްސަންގްގެ މި ފޯނުތައް ޕްރީ-އޯޑަރ ކުރި ކަސްޓަމަރުންނަށް ވަނީ ފޯނު ހަވާލުކޮށްފަ އެވެ.

ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައިވަނީ ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އޭއައި ޓެކްނޮލޮޖީ މުޅި ދުނިޔެއަށް ފުޅާވަމުންދާ ޒަމާނެއްގައި، ޒަމާނީ އޭއައި ޓޫލްސް އާއިއެކު މި ތައާރަފްކުރި ގެލެކްސީ އެސް25 ސީރީޒް ފަދަ ވަރުގަދަ ޑިވައިސްތަކަށް އެއާ އެކަށީގެންވާ ވަރުގަދަ ނެޓްވޯކެއް ބޭނުންވާ ކަމަށެވެ.

ސެމްސަންގް ގެލެކްސީ އެސް25 ފޯނު ރާއްޖޭގައި ލޯންޗްކުރުމަށް ދިރާގުން ބޭއްވި އިވެންޓްގައި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

މި ފޯނު ތަކަށް އެންމެ އެކަށީގެން ވަނީ ދިވެހިރާއްޖޭގެ އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމުގައިވާ ދިރާގު ނެޓްވޯކް ކަމަށް މިރްޝާން ވިދާޅުވި އެވެ.

ދިރާގުން ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 5ޖީ ނެޓްވޯކް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ މިރްޝާން ވިދާޅުވީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިއުމަށް ކަސްޓަމަރުން ބާރުވެރި ކުރުމަށް، ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސެންގްވާ ސޯންގް ވިދާޅުވީ ރާއްޖޭގައި ސެމްސަންގް ފޯން ބޭނުންކުރާ މީހުން ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މި ރީޖަންގެ ކަސްޓަމަރުންނަށް ސެމްސަންގުގެ އެންމެ ފަހުގެ ވަސީލަތްތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ސެމްސަންގް ގެލެކްސީ އެސް25 ފޯނު ރާއްޖޭގައި ލޯންޗްކުރުމަށް ދިރާގުން ބޭއްވި އިވެންޓްގައި ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސެންގްވާ ސޯންގް ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

މީގެ އިތުރުން، 2015 ވަނަ އަހަރުން ފެށިގެން ދިރާގާއި ސެމްސަންގާއި ދެމެދު ގާއިމްކޮށްފައިވާ ޕާޓްނަޝިޕްއަށް އަލި އަޅުއްވައިލެއްވި އެވެ.

ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އައު ފީޗަރތަކެއް ތައާރަފްކޮށްފަ އެވެ.

މީގެ ތެރޭގައި، އޭ-އައި އެކުލެވޭ "ލައިވް ޓްރާންސްލޭޓް" އާއި "ނޯޓް އެސިސްޓް" އަދި "ޖެނެރޭޓިވް އެޑިޓް" ފާހަގަކޮށްލެވެ އެވެ.

މި ފޯންތަކުގައި ހިމެނޭ އިތުރު ފީޗާތަކަށް ބަލައިލާއިރު، ފޯނުގައި ހިމެނޭ 200 މެގަޕިކްސެލްގެ ކެމެރާގެ ސަބަބުން ފޮޓޯ ކޮލިޓީ އިތުރަށް ރަނގަޅުވެ އެވެ.

ސެމްސަންގް ގެލެކްސީ އެސް25 ފޯނު ރާއްޖޭގައި ލޯންޗްކުރުމަށް ދިރާގުން ބޭއްވި އިވެންޓް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ފޯނުގައި ހިމެނޭ 5000 އެމް.އޭ.އެޗްގެ ބެޓެރީ ސަބަބުން ގިނަ ވަގުތު ޗާޖު ހިފަހައްޓައި، ޗާޖު ކުރަން ނަގާ ވަގުތު މަދުވާނެ އެވެ.

މީގެ އިތުރުން، ގޭމްކުޅުން ފަދަ ހައި ސްޕީޑް ބޭނުންވާ ކަންކަމަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް މި ފޯނުގައި ވަނީ "ސްނެޕްޑްރެގަން 8 އެލީޓް ޗިޕް" ހިމަނައިފަ އެވެ. މިއާ އެކު އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

މި ފޯންތައް ގަތުމަށް ޕްރީ-އޯޑާކުރި ކަސްޓަމަރުންނަށް ދިރާގުން ވަނީ ހާއްސަ އޮފާތަކެއް ދީފަ އެވެ.

ސެމްސަންގް ގެލެކްސީ އެސް25 ފޯނު ރާއްޖޭގައި ލޯންޗްކުރުމަށް ދިރާގުން ބޭއްވި އިވެންޓް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

މި ގޮތުން ކަސްޓަމަރުން ގަންނަ ކޮންމެ ފޯނަކާއެކު 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ ވަނީ ދީފަ އެވެ. އަދި ކޮންމެ ފޯނަކާއެކު ހިލޭ ގެލެކްސީ ބަޑްސް، 1 އަހަރުގެ ނިޔަލަށް ހިލޭ އެއް ފަހަރު ސްކްރީން މަރާމާތުކުރުމުގެ ފުރުސަތު، އަދި، ގޫގްލް ވަން ޖެމިނައި އެޑްވާންސްޑް އަށް 6 މަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ވަނީ ދީފަ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އެ ފަރާތްތައް ބާރުވެރިކުރުމަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910