ހުޅުމާލޭގައި މޯލްޑިވްސް އިމިގްރޭޝަނުން ހަދާފައިވާ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވުމާ ގުޅިގެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ކާނާ ވިހަވުމާ ގުޅިގެން ރޭގެ ވަގުތެއްގައި 19 ބިދޭސީއަކު ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ އެވެ. މީގެތެރޭގައި ހިމެނެނީ ތިން އަންހެނަކާއި 16 ފިރިހެނުންނެވެ.
ފަރުވާ ދިނުމަށް ރޭގެ ވަގުތެއްގައި 17 މީހަކު ދޫކޮށްލުމަށްފަހު މިއަދު ހެނދުނު ވަނީ ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ބިދޭސީން ކާނާ ވިހަވި ވަކި ސަބަބެއް އިމިގްރޭޝަނުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ހޮސްޕިޓަލުން ދޫކޮށްލި ބިދޭސީން މިހާރު ވަނީ އަނބުރާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފަ އެވެ.