މޯލްޑިވްސް އިމިގްރޭޝަން

ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު އަތުލައިގެންފި

0%
0%
0%

މާލެ ސަރަހައްދުގެ ގަރާޖެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ އެ މީހުންގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓްކުރަން ގާއިމުކޮށްފައިވާ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ކަމަށެވެ.

މިމައުލޫމާތު ލިބުމާ ގުޅިގެން އިއްޔެ މެންދުރުފަހު ހިންގި އޮޕަރޭޝަނެއްގައި ގަރާޖު ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ޔަގީންކޮށްދެ އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދާއި ބައެއް ރަށްރަށުގައިވެސް ސިލްސިލާކޮށް ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910