ޑރ. މުހައްމަދު މުއިއްޒު

ގިނަވެގެން ތިން މަސް ތެރޭ ގުޅީފަޅުގެ ގޯތިތައް ހަވާލުކުރަނީ

ކ. ގުޅީފަޅު -- ފޮޓޯ: އަވަސް
0%
0%
0%

ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑާ ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓަރީ ހަވާލުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ބަދަލާ އެކު ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިކަމުން އިސްތިސްނާ ވާނީ ބުރިޖު އަޅާ ސަރަހައްދުން ގޯތި ލިބޭ މީހުން އެކަނި،" ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގުޅީފަޅުން ބައެއް މިވަގުތަށް ހާއްސަކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

މީހުން ދިރިއުޅެން ހިއްކަމުންދާ ގިރާވަރު ފަޅާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ފަޅު ހިއްކުމަށް ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިން ހިއްކުމުގެ މަސައްކަތާ ހަވާލުވާނެ ކަމަށެވެ. އެ މަސައްކަތް ނިމުނުހާ އަވަހަށް އެ ސަރަހައްދުންވެސް ގޯތި ލިބުނު މީހުންނަށް ގޯތި ދޫކޮށް ވައުދު ފުއްދަވާނެ ކަމުގައި ވިދާޅުވި އެވެ.

އުތުރު ތިލަފަޅާ ގުޅޭގޮތުން ރައީސް ވިދާޅުވީ ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި، އެ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި އަދި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަހައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފްލެޓް ލިސްޓުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށާއި، އިތުރަށް ލަސްކުރުމެއް ނެތި މި ހަފްތާ ނިމުމުގެ ކުރިން ލިސްޓު ނެރުއްވާނޭ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345