މިނިސްޓަރު އަލީ އިހުސާން

މަޖިލީހުން ފާސްކުރީ އިހްސާނަށް އިތުބާރު އޮތް ކަމަށް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހްސާންގެ އިތުބާރު އޮތް ކަމަށް ފާސްވީ 64 މެންބަރުން އިހްސާނަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުންނެވެ. އިހްސާނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކު އެވެ. އެމްޑީޕީން ބޭނުންވާ ގޮތަށް މިމައްސަލަ ފާސްކުރުމަށް 47 ވޯޓު ބޭނުންވެ އެވެ. އެކަމަކު އެމްޑީޕީން ބޭނުންވި ގޮތަށް މައްސަލަ ފާސް ނުވީ ވެރިކަން ކުރާ ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުގެ މެންބަރުން އިހްސާނަށް އިތުބާރު އޮތް ކަމަށް ނިންމަވައި ވޯޓު ދެއްވުމުންނެވެ.

އެމްޑީޕީން ހުށަހެޅި އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވަނީ މައިގަނޑު ތިން މައްސަލަ އެވެ. އެއީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ "ބެސްޓިނެޓް"އާ ދައުލަތަށް ގެއްލުންވާ ގޮތަށް ހަވާލުކުރުމާއި، ފުލުހުންގެ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރުވުމާއި އަދި ޑީއެންއާރްގެ ޑާޓާ ސިސްޓަމްގައިވާ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޭނުންކުރި މައްސަލަ އެވެ.

އެމްޑީޕީގެ ތުހުމަތުތަކަށް ވަރަށް ތަފްސީލްކޮށް އަދި ބައެއް ހެއްކާ އެކު މިނިސްޓަރު އިހްސާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެފަ އެވެ.

މިނިސްޓަރު އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވާހަކަދެއްކެވި ޕީއެންސީގެ ހުރިހާ މެންބަރުންހެން ވަނީ އިހްސާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރައްވައި އަދި ގައުމުގައި ހުރި އެންމެ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ނަތީޖާ ނެރުއްވަމުން ގެންދަވާ ވަޒީރެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެކަމަކު އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އިހްސާނަށް އިތުބާރު ނެތް ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން މިނިސްޓަރު އިހްސާނަކީ އިތުބާރު ނެތް ކަމުގެ މައްސަަލައަކާ ކުރިމަތިލެއްވުމަށް ޖެހިވަޑައިގެންނެވި ފުރަތަމަ ވަަޒީރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345