މަސްތުވާތަކެއްޗާއެކު މާލެ އިން އަނެއްކާވެސް އަންހެނަކު ހައްޔަރުކޮށްފި އެވެ.
މީގެތެރޭގައި 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާން އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އަދި އުތުރުގެ ރަށަކުން މަސްތުވާތަކެއްޗާއެކު ދެމައިން ހައްޔަރުކުއިރު، އެހެން ދެ ގްރޫޕަކާ އެކުވެސް މަސްތުވާތަކެއްޗާއެކު ދެ އަންހެނަކު ހައްޔަރު ކުރި އެވެ.
މި ފަހަރު ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ރޯދަ މަހުގެ ބޮޑު ބައެއް މި އަންހެން މީހާ ހޭދަކުރާނީ ބަންދު ގައެވެ.
މި ފަހަރު ހައްޔަރު ކުރި އަންހެން މީހާއަކީ އުމުރުން 31 އަހަރުގެ މީހެކެވެ.
މި އަންހެން މީހާގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފަ އެވެ. އަދި އެ މީހާއަށް ފަރުވާ ބޭނުންވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.