ހަބަރު

ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ނާޒިމް އަނެއްކާވެސް އެދެފި

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ސިންގަޕޫރުގައި މިހާރު ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރަން އަނެއްކާވެސް އެދިވަޑައިގެންފި އެވެ. ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން ބުނީ ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން އެދުމުން އެކަން މެޑިކަލް ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ނާޒިމް މައްޗަށް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ނާޒިމް ފަރުވާ ހޯއްދަވަމުން ގެންދަވަނީ ހިތުގެ މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ. ނާޒިމްގެ ބޭސްފަރުވާއަށް މީގެކުރިން ތިން ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ.