ރޯދަ މަސް

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

Feb 28, 2025

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ -- މާޗްގެ މަހުގެ އެއްވަނަ ދުވަސް ކަމުގައި އިއުލާންކޮށްފި އެވެ.

ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާއަށްފަހު އިއްވެވި ހަނދާ ބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާންކޮށްފަ އެވެ.

ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲގެ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގަރާރުގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.