އެމްއެންޑީއެފް

މާލެއިން 16،911 ޓަނުގެ ފެން ހިންދައިފި

ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

މާލެއިން 16،911 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފަ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ ފެން ހިންދުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ވިއްސާރައިގައި މާލޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ވަނީ ޖަހައިދީފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެފައިވާ ބައެއް ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރުވެސް ދަނީ ކުރަމުންނެވެ.

އެ ގޮތުން ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލީގައި ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910