ދުނިޔެ

މައިކްރޮސޮފްޓުން ސްކައިޕް ހުއްޓާލަނީ

0%
0%
0%

މައިކްރޮސޮފްޓުން ސްކައިޕް ހުއްޓާލަނީ އެވެ. ހުއްޓާލާ ތާރީޚެއް ކަމަށް ބުނެފައި އޮތީ މެއި 2025 އެވެ.

ސްކައިޕް ހުއްޓާލުމަށް ފަހު ބޭނުންކުރަން ހަމަޖައްސާފައި ވަނީ މައިކްރޮސޮފްޓް ޓީމްސް އެވެ. ޓީމްސްގެ ހިލޭ ޑައުންލޯޑްކުރެވޭ އެޕްލިކޭޝަނުން ސްކައިޕުން ކުރި ހުރިހާ ކަމެއް ކުރެވޭނެ ކަމަށް މައިކްރޮސޮފްޓުން ވަނީ ބުނެފަ އެވެ.

މައިކްރޮސޮފްޓުން ސްކައިޕް ހުއްޓާލި ނަމަވެސް، ގްރޫޕްމީ އެޕްލިކޭޝަން މިހާރު ވެސް އޮތް ގޮތަށް އޮންނާނެ އެވެ. އަދި މި އަހަރު ތެރޭގައި ގްރޫޕްމީ ޗެޓް އެޕްލިކޭޝަނާއި މައިކްރޮސޮފްޓް ކޯޕައިލެޓް ގުޅުވައިލާނެ އެވެ.

ސްކައިޕް އަދި ގްރޫޕްމީ އަކީ ވެސް ކުރިން ތާޑްޕާޓީ އެޕްލިކޭޝަންތަކެކެވެ. މި އެޕްލިކޭޝަންތަކުން ހޯދި ކާމަޔާބީއަށް އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން މައިކްރޮސޮފްޓުން މި ދެ އެޕްލިކޭޝަން ވެސް ގަނެ އަމިއްލަކުރީ އެވެ.

ސްކައިޕް އަކީ ދިވެހިރާއްޖޭގައި ވެސް ވަރަށް ގިނަ މީހުން ބޭނުންކުރާ އެޕްލިކޭޝަނެކެވެ. މިހެންކަމުން، ސްކައިޕް މެދުކަނޑާލުމާ އެކު ބަދަލުގައި ބޭނުންުރާނެ އެޕްލިކޭޝަނެއް ހޯދައި އަތްފަރިތަކޮށްފައި ބޭއްވުން ބުއްދިވެރި އެވެ.

މައިކްރޮސޮފްޓުން ބުނަނީ ޓީމްސްއަށް ނުވަތަ ގްރޫޕްމީއަށް ބަދަލުވުމަށެވެ. ނަމަވެސް، ގްރޫޕްމީ އަކީ އަހަރެމެންގެ ތެރޭގައި އާންމު އެޕްލިކޭޝަނެއް ނޫނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345