ދުނިޔެ

މައިކްރޮސޮފްޓުން ވިންޑޯޒް ރިމޯޓް ޑެސްކްޓޮޕް އެޕް ހުއްޓާލަނީ

0%
0%
0%

މައިކްރޮސޮފްޓުން ވިންޑޯޒް ރިމޯޓް ޑެސްކްޓޮޕް ހުއްޓާލަނީ އެވެ. ބަދަލުގައި ޒަމާނީ އަދި ރައްކާތެރި އެހެން އެޕްލިކޭޝަނެއް -- "ވިންޑޯޒް އެޕް" މިހާރު ވަނީ މައިކްރޮސޮފްޓް އެޕް ސްޓޯރަށް ނެރެފަ އެވެ.

ވިންޑޯޒް ރިމޯޓް ޑެސްކްޓޮޕް އެޕްލިކޭޝަން ހުއްޓާލަން ދީފައި އޮތް ތާރީޚަކީ މެއި 27، 2025 އެވެ. މި ތާރީޚަށް ފަހު މައިކްރޮސޮފްޓް އެޕް ސްޓޯރުން ރިމޯޓް ޑެސްކްޓޮޕް ނަގާނެ އެވެ. މާނަ އަކީ އެއަށް ފަހު ޑައުންލޯޑް ވެސް ނުކުރެވޭނެ ކަމެވެ.

އިންޑަނެޓުގެ ކޮންމެވެސް ދިމާއަކުން ރިމޯޓް ޑެސްކްޓޮޕް ޑައުންލޯޑް ކުރެވުނު ނަމަވެސް، މައިކްރޮސޮފްޓުން ފޯރުކޮށްދޭ ސެކިޔުރިޓީ އަދި މަސައްކަތްކުރުމުގައި ހުންނަ އޮމާންކަން ގެއްލިގެންދާނެ އެވެ. އަދި ފަހަރެއްގައި ވިންދޯޒްއަށް އިންސްޓޯލްނުކުރެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މައިކްރޮސޮފްޓް ޓެކް ކޮމިއުނިޓީ ބްލޮގްގައި ބުނެފައިވާ ގޮތުން މި ތާރީޚަށް ފަހު، ވިންޑޯޒް 365، އަޒުއާ ވާޗުއަލް ޑެސްކްޓޮޕް އަަދި މައިކްރޮސޮފްޓް ޑެވް ބޮކްސް ބޭނުންކުރާ ނަމަ، ވިންޑޯޒް އެޕަށް ބަދަލުވާން ޖެހެ އެވެ.

ރިމޯޓް ޑެސްކްޓޮޕް ހުއްޓާލަން އުޅޭ ވާހަކަ މައިކްރޮސޮފްޓުން އެންމެ ފުރަތަމަ އިއުލާންކުރަި ސެޕްޓެމްބަރު 2024 ގައެވެ. އެއަށް ފަހު ވިންޑޯޒް އެޕް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ފީޗާއެއް ވަނީ ވިންޑޯޒް އެޕްގައި ހިމަނައި ނިންމާފަ އެވެ.

ވިންޑޯޒް ރިމޯޓް ޑެސްކްޓޮޕް ހުއްޓާލާ ފަހުންވެސް، ޑެސްކްޓޮޕް ޝެއާކުރުމުގައި ކޮންމެވެސް ދަތިކަމެއް، ވިންޑޯޒްގެ ބައެއް އަދަދުތައް ބޭނުންކުރާ މީހުންނަށް ތަޖުރިބާކުރެވިދާނެ އެވެ. ނަމަވެސް، ދިމާވާ ހުރިހާ ދަތިކަމެއް ކުރިއާށް އޮތް ދުވަސްތަކުގައި ފުރިހަމަކުރާނެ ކަމަށް ޓެކް ބްލޮގްގައި ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345