ދުނިޔެ

އައިޓީ ސިސްޓަމްތައް ހުއްޓުމުގައި އުޅެނީ މައިކްރޮސޮފްޓްގެ މައްސަލައެއް

މައިކްރޮސޮފްޓް 365 އެޕްލިކޭޝަންތަކާއި ޚިދުމަތްތައް ބޭނުންކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް އެ ކުންފުނިން ބަޔާނެއްގައި ބުނެފި އެވެ.

މި މައްސަލަތައް އެންމެ ބޮޑަށް ފާހަގަކުރެވޭނީ މައިކްރޮފްޓް އެޒުއާ ނެޓްވޯކް ބޭނުންކުރާ ވިޔަފާރި ކުންފުނިތަކާއި މި ޚިދުމަތް ބޭނުންކުރާ އާންމު ފަރުދުންނަށެވެ.

"އެޒުއާ ބެކެންޑް ކޮންފިގަރޭޝަން" ގައި މައްސަލަތަކެއް އުޅޭ ކަމަށް މައިކްރޮސޮފްޓުން އެކްގައި ވަނީ ބުނެފަ އެވެ. މި ގޮތުން ވަންޑްރައިވް، ޓީމްސް، ޕަވާ ބީއައި، ވީވާ އެންގޭޖް އަދި ޝެއާޕޮއިންޓް ބޭނުންކުރުމުގައި މައްސަލަ އުޅޭ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ތެރެއިން ބައެއް ޚިދުމަތްތައް ރަނގަޅުކޮށްފައި ވާެނެ ކަމަށް ވެސް މައިކްރޮސޮފްޓުން ބުންޏެވެ.

ދުނިޔޭގެ އައިޓީ ނެޓްވޯކްގައި މައްސަލައެއް އުޅޭކަން އެންމެ ފުރަތަމަ އާންމުކުރީ އޮސްޓްރޭލިއާގެ ނެޝަނަލް ސައިބާ ސެކިޔުރިޓީންނެވެ.

އެއަށް ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ވެސް ވަނީ، އައިޓީ ސިސްޓަމްތައް -- ޗެކިން ސިންޓަމާއި، ބުކިން، ބޯޑިން އަދި ފްލައިޓް ތާވަލުތަކުގައި މައްސަލަ އުޅޭ ކަމަށް ބުނެފަ އެވެ.

މައިކްރޮސޮފްޓް އެޒުއާ ނެޓްވޯކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި މަޝްހޫރު -- ބާރުގަަދަ ވިޔަފާރި ކުންފުނިތައް ވެސް ހިމެނެ އެވެ.

މިއީ މައިކްރޮސޮފްޓަށް ވަރަށް ބޮޑު ފައިދާއެއް ލ؛ިބޭ ފިޔަފާރިއެކެވެ. މިހެންކަމުން މި ޚިދުމަތް މެދުކެނޑިފައި އޮތުމަކީ މައިކްރޮޮސޮފްޓަށް ވަރަށް ބޮޑު މައްސަލައަކަށް ވާނެ އެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުން ބައެއް ޚިދުމަތްތައް މިހާރު ކޮޅަށ ޖަހައި ބޭނުންކުރެވޭ ދަރަޖައަށް ގެނެވިފައިވާ ނަމަވެސް، ޚިދުމަތްތައް މުޅިން ފުރިހަމައެއް ނުވެ އެވެ. މިކަމަށް އިތުރު ވަގުތު ނަގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.