ފިނޭންސް މިނިސްޓްރީ

ލޯނުތައް ދެއްކުމަށް 2 ބިލިއަން ރުފިޔާ ހޭދަކޮށްފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ލޯނުތައް ދެއްކުމަށް މި އަހަރުގެ މިހާތަނަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 2.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހޭދަކުރި 792.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 1.49 ބިލިއަން ރުފިޔާ -- 188.5 ޕަސެންޓް އިތުރުވުމެކެވެ.

މި އަހަރުގެ ބަޖެޓުގައި ލޯނުތައް ދެއްކުމަށް ކަނޑައަޅާފައިވަނީ 3.8 ބިލިއަން ރުފިޔާ އެވެ.

ލޯނު ދެއްކުމަށް ކުރި ހޭދަ އިތުރުވި ނަމަވެސް ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވަނީ މި އަހަރު ދަށަށް ގޮސްފަ އެވެ.

ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު މި އަހަރު 5.7 ބިލިއަން ރުފިޔާގައި ހުރިއިރު މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 7.4 ބިލިއަން ރުފިޔާގަ އެވެ.

ރިކަރަންޓް ހަރަދުގެ ގޮތުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 2.4 ބިލިއަން ރުފިޔާ، އިދާރީ އަދި ހިންގުމުގެ ހަރަދަށް 2.9 ބިލިއަން ރުފިޔާގަ މި އަހަރު ހޭދަކޮށްފައިވެ އެވެ. ކެޕިޓަލް ހަރަދު މި އަހަރު ހުރީ 394.6 މިލިއަން ރުފިޔާގަ އެވެ.

އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 7.19 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 7.16 ބިލިއަން ރުފިޔާ އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345