ޖިންސީ ގޯނާ

ކުޑަ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

ކުޑަ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ މާލޭގައި ފިރިހެނަކު 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ހުށަހަޅާފައިވާ މިމައްސަަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތާއި އަނިޔާ ލިބޭ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އެއްވެސް އިރަކު ހާމައެއް ނުކުރެ އެވެ.