ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ: މަޖިލިސް
0%
0%
0%

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް އެވެ.

މި ބިލް ދިރާސާކޮށް އިގްތިސާދީ ކޮމިޓީން ނިންމި ގޮތަށް ފާސްވީ 55 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް 7 މެންބަރުން ވޯޓު ދެއްވި އެވެ.

މި އިސްލާހުގައި ވަނީ ރިޒޯޓުގެ މުއްދަތު އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއިތަކެއްދީފަ އެވެ.

އެ ގޮތުން އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު އެކީ އެއްފަހަރާ ދައްކަން ޖެހެ އެވެ.

މި ބިލް މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ދިރާސާކުރިއިރު ބައެއް އިސްލާހުތައް ގެނެސްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345