މީހުން

މަސްއޫދު: ބަދަލުތަކަށް އިސްކަންދެއްވާ ބޭފުޅެއް

0%
0%
0%

އިރާންގެ ރައީސްގެ މަގާމަށް މަސްއޫދު ޕަޒަސްކިޔާން ވަޑައިގަތީ އެ ގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރައީސީ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން މިދިޔަ އަހަރު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

މަސްއޫދަކީ އިސްލާމީ ތައުލީމު ލިބިވަޑައިގެންފައިވާ އަދި އިރާން ރައްޔިތުންގެ ލޯތްބާއި އިހްތިރާމު ވަރަށް ބޮޑަށް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ޕްރޮފެޝަނަލް ޑޮކްޓަރެއްގެ ގޮތުން ކާޑިއޯތޮރަސިކް ސާޖަރީއަށް ހާއްސަވެވަޑައިގެންފައިވާ ތަޖުރިބާކާރު ސިއްހީ މާހިރެކެވެ.

ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން މަސްއޫދު ވަނީ އިރާންގެ ގާނޫނު ހަދާ މަޖިލީހުގައި ގިނަ ދުވަސްތަކަކު ހިދުމަތް ކުރައްވާފަ އެވެ. އަދި 2001 އިން 2005 އަށް އިރާންގެ ހެލްތު މިނިސްޓަރުގެ މަގާމުވެސް ފުރުއްވި އެވެ.

މަސްއޫދު ޕަޒަސްކިޔާންއަކީ އިސްލާހީ ފިކުރުގެ ބޭފުޅެކެވެ. އަދި އިރާންގެ އެންމެ ބާރުގަދަ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފުރިހަަމަ ތާއީދުވެސް އޮތް ބޭފުޅެކެވެ.

އިރާންގެ ލީޑަރުންގެ ހަރުކަށި ބަސް މަގު ހުންނަ ގޮތުން ހުޅަނގުގެ ގައުމުތަކާއި އިރާންގެ ލީޑަރުންނާ މާބޮޑު ގުޅުމެއް އޮތް ތަން މާޒީގައި ފެނިގެން ނުދިޔަ ނަމަވެސް މަސްއޫދު ވަނީ އިހްތިރާމާ އެކު އެހެން ގައުމުތަކާ މުއާމަލާތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ތަފާތުވުންތައް ހުރި ކަމުގައިވިޔަސް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބެންޖެހޭނެ،" މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މަސްއޫދު ވިދާޅުވެފައިވެ އެވެ.

މަސްއޫދަކީ އިގްތިސާދީ އިސްލާހަށް އަދި އަމިއްލަ މިނިވަން ކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ލީޑަރެކެވެ. އެހެންވެ އޭނާގެ ސިޔާސަތުތަކުގެ މައިގަނޑު އަމާޒަކީ ބޭރު ގައުމުތަކާއެކު އިގްތިސާދީ ގުޅުންތައް ހަރުދަނާކޮށް، އިރާނުގެ އިގްތިސާދީ ދަތިތައް ހައްލުކުރުމެވެ. އިރާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ގައުމުތަކާ ގުޅުން ރަނގަޅުކޮށް، ހުޅަނގުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ހޯއްދެވުމަކީ މަސްއޫދު ބޭނުންވާ ކަމެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީވެސް މަސްއޫދުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ބޮޑު މަސައްކަތެކެވެ. ދައުލަތުގެ ވަސީލަތްތައް ޒިންމާދާރު ގޮތެއްގައި ބޭނުންކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދެވޭނީ ކޮރަޕްޝަނާ ދުރުވެގެން ކަމަށް މަސްއޫދު ގެންދަވަނީ އަބަދުމެ ހަނދާންކޮށްދެއްވަމުންނެވެ.

މަސްއޫދަކީ ދައުލަތުގެ ފަރާތުން ލިބޭ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅުއްވާ ބޭފުޅެކެވެ. ހާއްސަކޮށް ސިއްހީ ހިދުމަތުގެ ދާއިރާގައި އޭނާގެ ތަޖުރިބާއަށް ބަލާއިރު، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދެއްވަ އެވެ.

ރައީސް މަސްއޫދަކީ 1979 ވަނަ އަހަރު އިރާނަށް ގެނައި އިންގިލާބަށްފަހު، އިސްލާމީ ޖުމްހޫރިއްޔާގެ ތެރޭގައި ބޮޑުވެވަޑައިގެން ތައުލީމު ހާސިލްކުރެއްވި ޖީލްގައި ހިމެނޭ ބޭފުޅެކެވެ.

ޔުނިވަސިޓީގައި މެޑިކަލް އިލްމު ހާސިލްކުރެއްވުމަށްފަހު، ސިއްހީ ދާއިރާގައި ކުރެއްވި ހިދުމަތްތަކާއި، ސިޔާސީ މައިދާނުގައި ދެއްކެވި ލީޑަޝިޕްގެ ސަބަބުން، އިރާނުގެ ރައްޔިތުންގެ މެދުގައި މަސްއޫދަކީ ނަން ހިނގާ ޝަހްސިއްޔަތެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345