ދުނިޔެ

"ސާބިއާ ނޭޓޯގައި އަަދި ސީއެސްޓީއޯގައި ވެސް ބައިވެރިއެއް ނުވާނެ"

ސާބިއާގެ ބޮޑުވަޒީޜުގެ ނައިބު އެލެގްޒެންދަރު ވޫލިން -- ސާބިއާ ނޭޓޯގައި އަަދި ސީއެސްޓީއޯގައި ވެސް ބައިވެރިއެއް ނުވާނެ ކަމަށް ވިދާޅުވި
0%
0%
0%

ސާބިއާ ނޭޓޯގައި އަދި ސީއެސްޓީއޯގައި ވެސް ބައިވެރިނުވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީޜުގެ ނައިބު އެލެގްޒެންދަރު ވޫލިން ވިދާޅުވެއްޖެ އެވެ.

ނޭޓޯ އަކީ ޔޫރަޕްގެ އަސްކަރީ ޖަމާއަތެކެވެ. މި ޖަމާއަތުގައި ޔޫރަޕް އިއްތިޔާދުގެ އިތުރުން އެމެރިކާ ވެސް ހިމެނެ އެވެ.

ކަލެކްޓިވް ސެކިޔުރިޓީ ޓްރީޓީ އޮގަނައިޒޭޝަން (ސީއެސްޓީއޯ) ނިސްބަތްވަނީ ޔޫރޯސިއާ އަށެވެ. މި ޖަމާއަތުގައި ހިމެނެނީ މެމްބަރު ހަގައުމެވެކެވެ. އެއީ އަރުމީނިއާ، ބެލަރުސް، ކަޒަކިސްތާން، ކްރިގިސްތާން، ރަޝިއާ އަދި ތަޖިކިސްތާން އެވެ.

ވޫލިން ވިދާޅުވި ގޮތުން ސާބިއާއަށް މުހިންމީ އެހެން ގައުމުތަކުގެ ރައްކާތެރި ކަމަށް ވުރެ ސާބިއާގެ ސަލާމަތާއި ރައްކާތެރި ކަމެވެ. އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭދަކުރުމުގައި ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާބިއާގެ އަސްކަރިއްޔާ އެ ގައުމުން ބޭރަށް ފުޅާނުކުރާނެ ކަމަށް ވޫލިން ވިދާޅުވި އެވެ. ކޮންމެ ގައުމެއްގައި ވެސް، އެ ގައުމަކުން ބަލައިގަންނަ އަސާސްތަކެއް، އަސްކަރިއްޔާގައި އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާބިއާއިން ވީވަރަކުން އެހެން ގައުމުތަކާ އެކު ގާތް ގުޅުންތައް ދަމަހައްޓާނެ ކަމަށް ބޮޑުވަޒީރުގެ ނައިބު ވިދާޅުވި އެވެ. ސާބިއާ އަކީ އެއްވެސް ބަޔަކާ ދެކޮޅު ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ސާބިއާ ކަހަލަ ގައުމެއް ސެކިޔުރިޓީ ޖަމާއަތެއްގައި ބައިވެރިވުމަކީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަސްކަރީ ޖަމާއަތެއްގައި ބައިވެރިނުވެ އަމިއްލަ، އަމިއްލައަށް ރައްކާތެރިކަން ކަށަވަރުކުރުން ފަސޭހަނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިވަތުގު ސާބިއާ އޮތީ އަމިއްލަ އިޚުތިޔާރުން ބޭރުވާ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345