ޣައްޒާ މުޅިން ސުންނާފަތިކުރާނެ ކަމަށް ބުނެ އިޒުރޭލު ސަރުކާރުން ދޭ އިންޒާރު ބަލައިނުގަނެވޭނެ ކަމަށް ޖަރުމަނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ކްރިސްޓިއާން ވާގްނާ ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ ވެރިރަށް ބާލިންގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ތަރުޖާން ވަނީ އިޒުރޭލުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޒްއަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.
އިޒުރޭލުގެ ދިފާއީ ވަޒީރުގެ ބަސްމަގު ހުރި ގޮތުން ޖަރުމަން ކަންބޮޑުވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ޣައްޒާއަށް އެހީވެއްދުން ހުއްޓުވައި، ފެނާއި ކަރަންޓަ ކަނޑާލައި އަދި ޖިސްމާނީ ގޮތުން އާންމު ރައްޔިތުންނަށް ނުހަރު ބޮޑެތި ގެއްލުންތައް ދިނުމަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައި ހުރި އުސޫޅުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ވާގްނާ ވިދާޅުވި އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް އަލުން ހަލާދޭން ފެށުމަކީ ޖަރުމަނު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އިޒުރޭލުން ބޭނުންވާ ލަނޑުދަނޑި ހާސިލްވާއިރު، ޣައްަޒާގައި ދިރިހުރި އެކަކުވެސް ނުހުރުމަކީ ކުރެވޭ އިހުސާސަކަށް ވުރެ ބޮޑަށް -- މިހާރު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ހަގީގަތަކަށް ވުން ގާތް ގޮތް ކަމަށްވެސް ތަރުޖަާމާން ވިދާޅުވި އެވެ.
އިޒުރޭލުގެ ހަމަލާތަކުގެ ސަބަބުން އިޒުރޭލުގެ އާންމު ރައްޔިތުންނަށް ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް ވާގްނާ ވިދާޅުވި އެވެ.
ހަމާސްއިން އަސީރުކޮށްފައި ތިބީ ވެސް ޔަހޫދީން ކަމަށާއި އެ މީހުން ނިސްބަތްވަނީ އިޒުރޭލަށް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ހަމަލާތައް ހުއްޓާނުލައިފި ނަމަ، އަސީރުންގެ ގޮތުގައި ހަމާސް އަތުލައިގެންފައި ތިބި މީހުން -- ފަހަރަކު މީހަކު މެރުމަކީ ވެސް މެދުވެރިވެދާނެ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާގައި މި ވަގުތު ދެ މިލިއަނާ ގާތަށް މީހުން ދިރިއުޅޭ ކަމަށާއި، ޣައްޒާއަށް ފެނާއި ކަރަންޓް އަދި އަސާސީ ހުރިހާ މުހުތާދެއް ފޯރުކޮށްދިނުމަށް ޖަރުމަނު ގޮވާލާ ކަމަށް އޭނަ ވިދާޅުވި އެވެ.
ހަމާސް އާއި އިޒުރޭލާ ދެމެދު ސުލްހަ ގާއިމުކުރުމަށް ކުރި މަސަައްކަތްތައް އުވާލައި އިޒުރޭލުން އެ ވަނީ ހަނގުރާމަ އަލުން ފަށާފަ އެވެ.
މާރިޗު 18 ގައި ކުއްލި ގޮތަކަށް ފެށި ހަމަލާތަކުގައި ޣައްޒާއިން 730 މީހުން ވަނީ މަރާފަ އެވެ. އަދި 1،200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.