ދުނިޔެ

އިޒުރޭލުގެ ބެން ގޫރިއަށް އެއާޕޯޓަށް ހޫސީން ހަމަލާދީފި

އިޒުރޭލަށް އަމާޒުކޮށް ހޫސީން ބެލިސްޓިކް މިސައިލެއް ފޮނުވަނީ -- މިއީ ހޫސީން އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް
100%
0%
0%

އިޒުރޭލުގެ ބެން ގޫރިއަށް ވައިގެ ބަނދަރަށް ހޫސީން ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާތަކުގައި ދެ ފަހަރެއްގެ މަތިން ހައިޕާސޮނިކް ރޮކެޓް ވަނީ ބޭނުންކޮށްފަ އެވެ.

ހޫސީންނަކީ އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕެކެވެ.

ހޫސީން ބުނާ ގޮތުން މިއީ ފާއިތުވި ހަފްތާއެއްގެ ތެރޭގައި ބެން ގޫރިއަށް އެއާޕޯޓަށް ދިން ފަސްވަނަ ހަމަލާ އެވެ.

ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލުން ދެމުންދާ ހަމަލާތައް އެ ގޮތުގައި ކުރިއަށްދާނަމަ، އިޒުރޭލުގެ އެކި ތަންތަނަށް ހަމަލާދޭނެ ކަމަށްވެސް ހޫސީން ދަނީ ބުނަމުންނެވެ. އެގޮތުން މަދަނީ ވައިގެ ބަނދަރުތަކާއި، އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އިތުރުކުރާނެ ކަމަށް ހޫސީން ބުންޏެވެ.

މި ހަމަލާތަކާ ބެހޭ އެއްވެސް ވާހަކައެއް އިޒުރޭލުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ނުދައްކަ އެވެ. އިޒުރޭލަކީ އާންމުކޮށް ހަނގުރާމައިގައި ލިބޭ ގެއްލުންތައް މީޑިއާއަށް ތިލަކޮށް ބަހުސްކުރާ ދައުލަތެއް ނޫނެވެ.

ނަމަވެސް ޔަމަނުން ފޮނުވާ ރޮކެޓްތައް ވައިގެ ތެރޭގައި ހަލާކުކުރާ ކަމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ހާމަކުރެ އެވެ. އެގޮތަށް ވައިގެ ތެރޭގައި ގޮއްވާލާ މިސައިލްގެ ބައިތައް އިޒުރޭލުގެ ތެރެއަށް ވެއްޓި ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް އާންމުން ވާހަކަދައްކައި އުޅެ އެވެ. އަދި ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ވެސް ޝެއާކޮށްފައި ހުރެ އެވެ.

ހޫސީން ބުނާ ގޮތުން އިޒުރޭލުގެ މަސްލަހަތު ހިމާޔަތްކުރަން އެމެރިކާ އަދި އިނގިރޭސިންގެ އުޅަނދެއް ރަތް ކަނޑަށް ވަތް ނަމަވެސް ހަމަލާދޭނެ އެވެ. އެއީ އަސްކަރީ އުޅަނދެއް ނަމަވެސް އެ އުޅަނދަކާ އެކަށީގެންވާ ގޮތަަށް ހަމަލާދޭނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އިޒުރޭލަށް އަދި ޔަހޫދީންނަށް މުދާއުފުލާ ކޮންޓޭނަރު ބޯޓުފަހަރަށް ހަމަލާނުދޭނެ އޮތީ އެންމެ ގޮތެއް ކަމަށް ހޫސީން ބުނެ އެވެ. އެއީ އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމެވެ.

ހަމާސް އާއި އިޒުރޭލާ ދެމެދު މިދާކަށް ދުވަހު ހެދި އެއްބަސްވުމެއްގެ ދަށުން، މަހެއްހާ ދުވަސް ވަންދެން ހަމަލާތައް ހުއްޓާލާފައި އޮތްއިރު، ހޫސީން ވެސް ތިބީ ހަމަލާތައް ހުއްޓާލައިގެންނެވެ.

ހޫސީން ހަމަލާތައް އަލުން ފެށީ، ސުލްހައިގެ އެއްބަސްވުން އުވާލައި، އިޒުރޭލުން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށުމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345