ދުނިޔެ

އިޒްރޭލު އުޅަނދުތަކަށް އަދިވެސް ހަމަލާދޭނަން: ހޫސީން

ތެޔޮ ޓޭންކަރަކަށް ހަމަލާދީފައި -- ޔަހޫދީ ޒަޔަނިސްޓުންނާ ގުޅުން ހުރި އުޅަނދުތަކަށް އަދިވެސް ހަމަލާދޭނެ ކަމަށް ހޫސީން ބުނޭ
0%
0%
0%

އެމެރިކާއާ އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދިނެއް ކަމަކު ހޫސީ ޖަމާއަތުން ރަތް ކަނޑުގައި ހިންގަމުން ގެންދާ އޮޕަރޭޝަނަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ފަލަސްތީންގައި ޖަރީމާތައް ހިންގަން ވާގިވެރިވާ އެމެރިކާއާ އިނގިރޭސިންގެ ސަބަބުން ރަތް ކަނޑު ދެން ބަދަލުވެގެން ދާނީ ހަނގުރާމައިގެ މައިދާނަކަށް ކަމަށް ބުނެ ހޫސީން ވަނީ އިންޒާރުދީފަ އެވެ.

ހޫސީން ބުނާ ގޮތުން ހަމަލާ ނުދޭނެ ކަމަށް ޔަހޫދީންނާ ގުޅުން ހުރި މުދާއުފުލާ ބޯޓެއް ރަތް ކަނޑުން ދަތުރުކުރާނެ ކަމެއް ނެތެވެ. ޔަހޫދީންނަށް މުދާ ހިފައިގެން ރަތް ކަނޑުން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

މެދުއިރުމަތި ހަނގުރާމައިގެ މައިދާނަށް ހެދީ ޒަޔަނިސްޓު އެމެރިކާއާ އިނގިރޭސިން ކަމަށް ވެސް ހޫސީން ބުނެ އެވެ. އެ ޖަމާއަތުން ބުނާ ގޮތުން ރަތް ކަނޑު ހަނގުރާމައިގެ މައިދާނަކަށް ހެދުމުގައި ވެސް އިސްކޮށް ތިބީ އެމެރިކާއާ އިނގިރޭސިންނެވެ.

ޔަމަނަށް ހަމަލާދިނުމަކީ އެމެރިކާއަށާއި އިނގިރޭސިންނަށް އެޅުނު ޅައެއްޗެއް ކަމަށް ވެސް ހޫސީން ބުނެ އެވެ.

ހޫސީން ބުނާ ގޮތުން ރަތް ކަނޑުގެ މަސްލަހަތު ގެއްވުލުމުގައި އެމެރިކާއާ ބައިވެރިންގެ ދައުރު ބޮޑެވެ. ރަތް ކަނޑު އަމާންކުރަން ކަމަށް ބުނެ ހޫސީންނަށް ހަމަލާދިނުމަކުން އެމެރިކާއަށާއި އިނގިރޭސިންނަށް ދުވަހަކު ވެސް ކާމިޔާބު ނުވާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

ރަތް ކަނޑު އަމާން ތަނަކަށް ހަދަން ބޭނުން ނަމަ ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި -- އަރަބިންގެ ބިންތަކުން ފައިބައިގެން ދާންވީ ކަމަށް ވެސް ހޫސީން ބުންޏެވެ.

އެމެރިކާއާ ބައިވެރިން މުޅި ޔަމަން އަންދާލި ނަމަވެސް، ހޫސީން މައިތިރި ނުކުރެވޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

އެމެރިކާއާ ޔޫރަޕުން މުދާ ބަރުކޮށްގެން މިސްރުގެ ސޮޔުޒް ކަނޑުއޮޅި ހުރަސްކޮށް ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހޫސީން ހަމަލާދިނުމުގައި އެ މަގުން ދަތުރުކުރާ ކޮންމެ ކޮންމެ އުޅަނދަކަށް ހަމަލާއެއް ނުދެ އެވެ.

ހޫސީން ހަމަލާދެނީ ޔަހޫދީ ޒަޔަނިސްޓުންނަށް މުދާ އުފުލައިދޭ ކޮންޓޭނަރު ބޯޓުތަކަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910