ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރާ ފަނޑިޔާރަކަށް ހުސައިން ޝަހީދު ހަމަޖައްސައިފި އެވެ.
ފަނޑިޔާރު ޝަހީދު ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިމަހުގެ ހަތަރުވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތައް ތަމްސީލް ކުރާނެ ފަނޑިޔާރަކުވެސް ހުންނަވަ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ފަނޑިޔާރު ޝުއައިބް ހަމަޖައްސާފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަމުންދާ ވަގުތެއްގައެވެ.