ވިޔަފާރި

އިތުރު ކުންފުންޏަކުން އިންޝުއަރެންސްގެ ހިދުމަތް ފަށަނީ

Mar 24, 2016

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏަކުން އިންޝުއަރެންސުގެ ހިދުމަތް ފަށަން މިއަދު ލައިސަންސް ދޫކޮށްފި އެވެ. "އަވަސް" އަށް އެނގިފައިވާ ގޮތުގައި 100 ޕަސެންޓް ދިވެހި ކުންފުންޏެއްގެ ގޮތުގައި އިންޝުއަރެންސުގެ ހިދުމަތް ދިނުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ލައިސަންސް ދީފައިވަނީ ސީޕްރިއާގެ ދަށުން ހިންގާ "ސޮލަރެލް" ކިޔާ ކުންފުންޏަކަށެވެ.

ރާއްޖޭގައި މިހާރު ވެސް އިންޝުއަރެންސުގެ ހިދުމަތް ބައެއް ކުންފުނިތަކުން ދެމުންގެންދެ އެވެ. އެގޮތުން މި ހިދުމަތް އެންމެ ފުޅާކޮށް ދެމުން ގެންދަނީ އެލައިޑް އިންޝުއަރެންސެވެ. މީގެ އިތުރުން އަމާނާ ތަކަފުލް އާއި ސިލިންކޯ އިންޝުއަރެންސް އަދި ސްރީލަންކަން އިންޝުއަރެންސެވެ.