ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

އެސްޑީއެފްއަށް 283 މިލިއަން ރުފިޔާ ޖަމާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: އަވަސް
0%
0%
0%

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް 283.6 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ފަންޑަށް ޖަމާކުރި އަދަދެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކުރި 215.7 މިލިއަން ރުފިޔާއަށްވުރެ 31.4 ޕަސެންޓް އިތުރު މިންވަރެކެވެ.

އެސްޑީއެފްއަށް ޖަމާކުރި އަދަދު އިތުރުވި ނަމަވެސް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 9.4 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ލޯނުތައް ދެއްކުމަށް އެކަނިވެސް މި އަހަރު ވަނީ 2.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ލޯނުތައް ދެއްކުމަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 833.3 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910