ރާއްޖެ ކުޅިވަރު

ހަތަރު ލަނޑުން ޗައިނާ އަތުން ރާއްޖެ ބަލިވެއްޖެ

Mar 24, 2016

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ޗައިނާ އަތުން 4-0އިން ރާއްޖެ ބަލިވެއްޖެ އެވެ.

މިއީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ މުބާރާތުގެ ކޮލިފައިންގައި ރަށުން ބޭރުގައި ރާއްޖެ ކުޅޭނެ އެންމެ ފަހު މެޗެވެ. ރާއްޖެ ކޮލިފައިން ނިންމާނީ އަންނަ ހަފުތާގައި ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުންނެވެ.

ރާއްޖެ މިއަދު ކުޅުނު މެޗުގައި ގައުމީ ކޯޗު ރިކީހާބަޓް ވަނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ.

ކޮލިފައިންގައި ގަތަރާއި، ހޮންކޮން އަދި ޗައިނާ އާއި ބޫޓާނާ އެއްގްރޫޕެއްގައި އޮތް ރާއްޖެ އަށް މިހާތަނަށް ލިބިފައިވަނީ ތިން ޕޮއިންޓާއެކު ހަތަރުވަނަ އެވެ. ރާއްޖެ މޮޅުވީ ގްރޫޕުގެ ފުލުގައި އޮތް ބޫޓާނާއެކު އެ ގައުމުގައި ކުޅުނު މެޗުންނެވެ.

މި މެޗުން މޮޅުވެ ޗައިނާ ވަނީ 14 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. އެއްވަނާގައި 18 ޕޮއިންޓާއެކު ގަތަރެވެ.