ފޮރިން މިނިސްޓްރީ

އދގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ

އދ. އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
0%
0%
0%

އދ.ގެ ކޮމިޝަން އޮން ދި ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު)ގެ މެންބަރު ކަމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.

ރާއްޖެ އިންތިހާބުވީ ސީއެސްޑަބްލިއުގެ 2026 އިން 2030 އަށް ކުރިއަށްދާ އެ ކޮމިޝަންގެ ދައުރަށެވެ.

ސީއެސްޑަބްލިއުއަށް ރާއްޖެ އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

އެކްސްގައި ރައީސް ކުރެއްވި ޕޯސްޓްގައި ވަނީ ސީއެސްޑަބްލިއުއަށް އިންތިހާބުވި އެހެން ގައުމުތަކަށްވެސް މަރުހަބާ ދަންނަވާފަ އެވެ.

އަންހެނުންގެ ހައްގުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން މި ވޭތުވެދިޔަ އަހަރުތަކުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަންހެނުންގެ ހައްގުތަކާއި ދަރަޖަ ކުރިއެރުވުމުގެ މަގުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ރާއްޖެއިން އެންމެހައި ބައިވެރިންނާ ގުޅިގެން މަސައްކަތްކޮށް ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށް ވުރެ ޝާމިލުކަން ބޮޑު މުސްތަގުބަލަކަށް ވާސިލުވުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ސީއެސްޑަބްލިއުގެ މެންބަރު ކަމަށް ރާއްޖެ އިންތިހާބުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބައިނަލްއަގުވާމީ އިންތިހާބެއްގައި ވާދަކޮށް ރާއްޖޭން ހޯދި ފުރަތަމަ ކާމިޔާބެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910