ރާއްޖެއަށް 44 އެއާލައިނަކުން ދަތުރުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްގައިވާ ގޮތުން އޭޝިއާ އާއި މެދުއިރުމަތީގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް މިހާރު ދަތުރުކުރެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 647،677 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 5.2 ޕަސެންޓް އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 75،135 ފަތުރުވެރިން
- ރަޝިއާ - 68،375 ފަތުރުވެރިން
- އިނގިރޭސިވިލާތް - 67،447 ފަތުރުވެރިން
- އިޓަލީ - 58،722 ފަތުރުވެރިން
- ޖަރުމަނު - 45،686 ފަތުރުވެރިން
- އިންޑިއާ - 32،702 ފަތުރުވެރިން
- ފްރާންސް - 25،903 ފަތުރުވެރިން
- އެމެރިކާ - 20،959 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 13،821 ފަތުރުވެރިން
- ޕޮލެންޑް - 13،396 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.4 ޕަސެންޓް -- 449،382 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.2 ޕަސެންޓް -- 162،928 ފަތުރުވެރިންނެވެ.
ހޮޓާތަކުގައި 18،879 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 16،041 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.