ވިޔަފާރި

ޗައިނާގެ މަޝްހޫރު އޮންލައިން ޕްލެޓްފޯމް "ޓީމޫ" ރާއްޖެއަށް

0%
0%
0%

ޗައިނާގެ މަޝްހޫރު އޮންލައިން ޝޮޕިން ޕްލެޓްފޯމް "ޓީމޫ" އިން އެ ކުންފުނީގެ ވިޔަފާރި ދިވެހިރާއްޖެއަށް ފުޅާކޮށްފި އެވެ.

އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައި ނަން މަޝްހޫރު ޓީމޫ މި ސަރަހައްދުގެ ގައުމުތަކަށްވެސް ފުޅާކޮށްފައިވާތީ ޓީމޫގެ ވިޔަފާރީގެ ނުުފޫޒު ވަނީ މިސަރަހައްދުގައިވެސް ބޮޑުވެފަ އެވެ.

ޓީމޫ މާކެޓްޕްލޭސް އިން ހޯދޭ އުފެއްދުންތަކުގެ ތެރޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު އިލެކްޓްރޯނިކްސް، ފެޝަން އައިޓަމް، ގޭތެރޭގެ ސާމާނު، އަދި ޒީނަތްތެރިވުމަށް ބޭނުންކުރާ އެކިއެކި އުފެއްދުންތައްވެސް ހިމެނެ އެވެ.

ޓީމޫގެ ޔޫޒާ-ފްރެންޑްލީ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ތަކެތި އޯޑަކުރުމާއި ވަގުތުން ފައިސާ ދެއްކުމުގެ ހިދުމަތް ލިބެން ހުރެ އެވެ. އަދި އޯޑަރުކުރާ މުދާ ކުރު މުއްދަތެއްގެ ތެރޭގައި ސީދާ ކަސްޓަމަރުންނާ ހަމައަށް ޔަގީންކަމާއި އިތުބާރާއެކު ފޯރުކޮށްދިނުމަކީ މި ޕްލެޓްފޯމްގެ އެންމެ ހާއްސަ އެއް ސިފަ އެވެ.

ޓީމޫ އިން އޯޑާ ކުރާ ތަކެއްޗަށް ފްރީ-ޝިޕިން ލިބެ އެވެ. އެހެންވެ ޝިޕިން ހަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރެއްގައި ގިނަ އައިޓަމްތައް ގަތުމުގެ ބޭނުމެއް ނެތެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓީމޫގެ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކްގެ ހިދުމަތް ބޭނުންކުރަންވެސް ފަށާފަ އެވެ. މި ގުޅުމުގެ ދަށުން، ރާއްޖޭގެ އެކި ހިސާބުގައި ތިބި ޓީމޫގެ ކަސްޓަމަރުންނަށް އެ މީހުންގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓާ ޑެލިވަރީ މެދުވެރިކޮށް އަވަހަށް ލިބޭނެ ގޮތް ހަމަޖެހިފައިވެ އެވެ.

ދިވެހިރާއްޖޭގައި އީ-ކޮމާސްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މޯލްޑިވްސް ޕޯސްޓުން ދަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ޗައިނާއާއި ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯމްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯސްޓުން މައުލޫމާތުދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910